މި ކައުންސިލުގެ ހިންގާ މަޖިލީސް އާއި އެކު ކޮންގްރެސް އިފްތިތާޙުކޮށް ކޮންގްރެސްގެ ޤަވާއިދު ތަކާއި އުސޫލުތައް އާންމު ކުރުމާއި ގުޅޭ
ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީސް ވަނީ 4 އޮކްޓޫބަރު 2026 ވަނަ ދުވަހު ބޭއްވި މި ކައުންސިލުގެ މަހަލްތީ ކޮމިޓީގެ ފުރަތަމަ ދަޢުރުގެ 9 ވަނަ ޖަލްސާގައި އިފްތިތާޙުކޮށްފައެވެ. ހިންގާ މަޖިލީހުގައި އެކުލެވިގެން ވަނީ މަހަލްތީ ކޮމިޓީ އާއި މި ކައުންސިލުގެ ސީނިއާރ މެނޭޖުމަންޓް ޓީމެވެ. މި މަޖިލީސްގެ ފުރަތަމަ ބައްދަލުވުމުގައި، ކައުންސިލުގެ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު މަސްއޫދާގެ ލަފަޔަކާއި އެކީ ވަނީ "ސަލާދީބު ކޮންގްރެސް" ނަމުން މި ކައުންސިލުގެ މަޖިލީހެއް އުފައްދަން ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ފާތިމަތު ޖަލާލެވެ.
މި ބައްދަލުވުމުގައި ނިންމެވި ގޮތުން، "ސަލާދީބު ކޮންގްރެސް"ގައި ހިމެނިވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ރައްޔިތުން އެކަންޏެވެ. މީގެ ތެރޭގައި:
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ (ދިވެހި) މަންދޫބުން
ދިވެހިރާއްޖޭގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ (ކެބިނެޓުގެ) މަންދޫބުން
އުތުރު، މެދު ރާއްޖެތެރެ އަދި ދެކުނުގެ މަންދޫބުން
މަންދޫބުންގެ ދަށުން މުސްތަޝާރުން (Advisors / Experts)
ހިމެނިގެންދާނެއެވެ. އަދި ކޮންގްރެސްގެ ކޮންމެ މެމްބަރަކަށް ދެވިގެންދާނެ ނަމަކީ "ސަލާދީބް ކޮންގްރެސްގެ މަންދޫބު" ނުވަތަ Salaadheeb Congress "Delegate އެވެ.
"ސަލާދީބު ކޮންގްރެސް"ގެ ފުރިހަމަ ޤަވާއިދުތަކާއި އުސޫލުތައް، ހިންގާ މަޖިލީހުގެ ދެވަނަ ބައްދަލުވުމުގައި ފާސްވެ އެ އުސޫލުތައް ޢާންމު ވެގެންދާނެއެވެ.